ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ގެއްލުނު ޔާމީން ވަނީ ބްރިޖުން ފުންމާލާފައި: ފުލުހުން

112

ގެއްލިގެން ހޯދަމުން އަންނަ ގ. ގާނެޓް، ހަސަން ޔާމީން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ދަންވަރު ސިނަމާލެ ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިއްޖެއެވެ.

ޔާމީންގެ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އެ މައްސަލަ ފުުލުހުންނަށް ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހުއެވެ،

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ  މިދިޔަ ހަފުތާގެ އާދިއްތައިގެ ފަތިހު 3:24 އެހާކަންހާއިރު އޭނާ ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށެވެ.

އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވާރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މެރިން ޕޮލިހާއި ކޯސްޓްގާޑުން ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ޔާމީންގެ އާއިލާއަށް އިހުތުރާމު ކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމުގެ ގޮތުން ހަމައެކަނި ފުލުހުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ސިނގިރޭޓް ކޮންޓެއިނަރު އުފުލި ދޯނީގެ ކައްޕި ހައްޔަރުކޮށްފި

addu city

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

TTH_advertisement