ކުއްލި ޚަބަރު

ޒަކިއްޔާގެ އާއިލާއާ ރައީސް ބައްދަލުކުރައްވައިފި

ޝަރުތުހަމަވާ އެންމެނަށް ސްޓޫޑަންޓް ލޯނު ދިނުމަށް ރައީސް އަންގަވައިފި

ގެއްލުނު ޔާމީން ވަނީ ބްރިޖުން ފުންމާލާފައި: ފުލުހުން

މާޅެންދޫ ރައްޔިތުން އެދޭގޮތަށް ގިރާ ސަރަހައްދު ހިމާޔަތްކޮށް ޖެޓީއެޅުމާއި އެކު ބިން ހިއްކުންވެސް ފަށަނީ

މާޅެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޖެޓީއެއް ތަރައްޤީކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މާޅެންދޫގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން ކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، ރިޔާސީ ވަޢުދުތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިން ހުރިނަމަވެސް އެކަންކަން ހައްލުކޮށް، މަޝްރޫޢުތައް ފަށައިގެން މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މާޅެންދޫއަށް އެންމެ މުހިންމު ކަމަކީ ރަށްގިރުގެ މައްސަލައަށް ޙައްލެއް ގެނައުންކަމަށާއި، އެހެންކަމުން ރައްޔިތުން އެދޭގޮތަށް ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީއެއް ތަރައްޤީކުރުމާއެކު ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އޮގަސްޓުމަހު ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން ރަށަށް ބިން އިތުރުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްކަމަށާއި، ގެދޮރުވެރިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ރަށަށް މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާޅެންދޫގައި ގުދުރަތީ ރީތި ސަރަހައްދެއް އޮތުމާއެކު އެތަން ނުގެއްލި ރަށަށް އާމްދަނީ ވަންނާނެގޮތަށް ހިމާޔަތްކުރުމާއެކު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ޕްލޭންކުރައްވާފައިވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި މާޅެންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށާއި، ރައްޔިތުން އެދޭގޮތަށް ޑިޒައިން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ އިޚްތިޞާސްގައި ތޮޅެންދޫ ހިމެނުމަށް ރައްޔިތުން އެދުނުނަމަވެސް އެކަަށް ހުރަސް އަޅަމުންދަނީ އަތޮޅު ކައުންސިލުންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކޯޓު މަރުހަލާގައި އަތޮޅު ކައުންސިލުން ހުށައަޅާފައިވާ މައްސަލައެއް އޮތުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

“މީގެދެތިން މަސް ކުރިންވެސް އަދި މި ދަތުރުގެ ކުރިން ބެލިއިރުވެސް ކޯޓުގައި މައްސަލައެއް އެބައޮތް. މިއަތޮޅުގެ އަތޮޅު ކައުންސިލުން މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ އޮތީ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވާތީ މައްސަލަ ކުރިއަށްނުގޮސް އޮތީ. އެހެންކަމުން އެޓާނީ ޖެނެރަލަށް ދަންނަވައިފިން ޤާނޫނީ ގޮތުން މަގެއް ހޯދުމަށް. ރައްޔިތުންނަށް މި ރަށް ހަވާލުކުރެވޭނެ ގޮތެއް ހޯދުމަށް. އަތޮޅު ކައުންސިލުން މިކަމަށް ހުރަސް އަޅަމުންދަނީ.” ރައީސް ވިދާޅުވިއެވެ.

މިހާރު މާޅެންދޫގައި ހިނގަމުންދާ ސްކޫލް މަޝްރޫއާއި، ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާ ވަރުގަދަކުރުމަށް ވަސީލަތްތައް މިހާރު މާޅެންދޫއަށް ގެންގޮސްފައިވާތީ، ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢުވެސް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައިވާކަމަށާއި، އޭގެތެރޭގައި މާޅެންދޫވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށް އިސްކަންދެއްވާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލް މުވައްޒަފުން ތަމްރީނު ކުރުމަށް އެމްއެންއެސްޑީއޭ އާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

112

މިނިވަން ދުވަސް ފާހަގަކުރަން ފުޅަނދުބުރާ އެކު ގިނަ ހަރަކާތްތަކެއް

112

ބަލިމީހުންނަށް އެހީތެރިވެ، މަރުހަބާ ކިޔަން 55 މީހުން އައިޖީއެމްއެޗުން ހޯދަނީ

Whatsapp image 2025 07 21 at 02.56.42

ސިޓީ ޕާކްގެ މަސައްކަތް ކުރިއަށްދާގޮތް މޭޔަރު ބައްލަވާލައްވައިފި

TTH_advertisement ELL Mobile Advertisement