ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ލަންދޫ ސްކޫލުގެ އިމާރާތުގެ މަސައްކަތް ލަސްވުމާއި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިތުރު ކްލާސްރޫމުތައް ބޭނުންވާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގައި ހުރި ކަންބޮޑުވުންތައް އެބޭފުޅުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރަށުގެ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށް ހުއްދަ ދެއްވީތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި ދިރާސީ އައު އަހަރަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ފަސޭހަތައް މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އޮޑިދޯނިފަހަރު ބޭލޭނެ ސަރަހައްދެއް ގާއިމުކުރުމާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް ދިނުމަށް ޢިމާރާތެއް ބިނާކުރެވިގެން ޚިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، މި ރަށުގައި އަލަށް ބިނާކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި