ކުއްލި ޚަބަރު

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ކެނދިކުޅުދޫ ނޭޗަރ ޕާކުގެ ވިޒިޓަރޒް ސެންޓަރުގެ ބިންގާ އަޅައިފި

ގުދުރަތީގޮތުން ހިތްގައިމުކަން ލިބިފައިވާ އަދި “ދަ މެންގްރޫވް އައިލެންޑް” ގެ ނަމުން މަޝްހޫރު ނ. ކެނދިކުޅުދޫ ނޭޗަރ ޕާކުގެ ވިޒިޓަރޒް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ކެނދިކުޅުދޫއަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތުގައި ނޭޗަރ ޕާކުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމްއެވެ. އަރިހުގައި އެރަށު ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކެނދިކުޅުދޫ ނޭޗަރ ޕާކުގެ ޕްރޮޖެކްޓަކީ ކެނދިކުޅުދޫ ކައުންސިލާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއާއެކު ކެނދިކުޅުދޫގައި އީކޯ ޓޫރިޒަމް އިތުރަށް ތަރައްޤީވެގެންދާނެއެވެ.

ނޭޗަރ ޕާކް ޕްރޮޖެކްޓަކީ ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ހަރަކާތްތަކަށް ބޭނުންވާ ކެނޯ، ލައިފްބޯޓް ޕެޑަލް ބޯޓް އަދި އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބައިސިކަލް އަދި ބަގީ ފަދަ ތަކެތި ފޯރުކޮށްދިނުމާއި އަދި ނެޗަރ ޕާކުގައި ހިމެނޭ ރޫޓުތައް ހެދުމުގެ މުހިއްމު މަސައްކަތްތަކެއް ހިމެނޭ ޕްރޮޖެކްޓެކެވެ.

ނޭޗަރ ޕާކްގެ ވިޒިޓަރޒް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ކުރިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ “މެންގްރޫވް އައިލެންޑް” ގެ ގޮތުގައި ކެނދިކުޅުދޫ ބްރޭންޑްކޮށްގެން ކުރިއަށްގެންދާ މަސައްކަތުގައި ސަރުކާރުގެ ފަރާތުން އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އަދި، ރައްޔިތުން އެދިވަޑައިގަންނަވާ ކޮންސެޕްޓުގައި އީކޯ ޓޫރިޒަމް އެރަށުގައި ކުރިއަށްގެންދިއުމުގެ މަގުފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ނޭޗަރ ޕާކުގެ ވިޒިޓަރޒް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެރަށުގައި އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ. އަދި، ކެނދިކުޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

Dsc 5319

ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް: ރައީސް 

TTH_advertisement