ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ގެނެސްފިއެވެ.
އެ ބަނގުރާފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހުޅުމާލެ ރަށު މާރުކޭޓް ސަރަހައްދުންނެވެ.
ފުލުހުން ބުނީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކެއް ބަލައިފާސްކޮށްފައި ކަމަށެވެ.
އެގޮތުން ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު