ކުއްލި ޚަބަރު

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް: ރައީސް 

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް 

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

raees muiz

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް އަންނަ މަހުން ފެށިގެން ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާކަމަށެވެ.

އަދި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށްވެސް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންކަމުން، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިދިޔަ ޖޫންމަހު ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 8919

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

112

މާލޭގައި ގަވާއިދާ ޚިލާފަށް އުޅުނު އިތުރު ނުވަ ބިދޭސީއަކު އަތުލައިގެންފި

112

ހުޅުމާލޭ ރަށު މާރުކޭޓު ކައިރީގައި ހުރި ދަބަސްތަކަކުން 36 ފުޅި ބަނގުރާ ހޯދައިފި

Dsc 5319

ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް: ރައީސް 

ELL Mobile Advertisement TTH_advertisement