ކުއްލި ޚަބަރު

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަށް: ރައީސް 

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް 

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރާނަން: ރައީސް

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ފެންވަރުގެ ޓާމިނަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރަންވޭ ބޮޑުކުރުމަށްފަހު ސަރުކާރުން ވަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ މިމަހުގެ 8 ވަނަ ދުވަހު ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކޮށްފައެވެ.

މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާއެކު މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އިންޓަނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތާއި އަދި ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ހުންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

“އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ފެންވަރުގެ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދިއުން. ހަޤީގަތުގައި މިތަނުގައި މި އަތޮޅުގައި ވަރަށް ގިނަ ރިސޯޓްތައް ގިނަ އެނދުތައް ހުރުމާއި އަދި އިތުރުވުމުގެ މަރުހަލާގައި އުޅުމާއި އެކު އެބައޮތް ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް. އެހެންވީމަ މިތަނުގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި އެއަރޕޯޓްގައި މިސާލަކަށް ހޮޓަލެއް ޓޫރިސްޓުން އައިސް ފުރުމާއި ދޭތެރޭގައި މަޑުކޮށްލަން ވަގުތީގޮތުން ހުންނަ ބޭނުންތަކަށް ހުންނަން ހޮޓަލެއް ހުރުމާއި ކަންތައްތަކެއް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް.” ރައީސް

ރައީސް ވިދާޅުވީ ޖުމްލަކޮށް އެއަރޕޯޓްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެއަރޕޯޓަށް ގެންނަން ބޭނުންވާ ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އަތޮޅެވެ. ޚާއްސަކޮށް އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ ރިސޯޓުތައް ނ. އަތޮޅުގައި ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ނ. އަތޮޅުގައި މިހާރުވެސް 8 ރިސޯޓް ހިންގަމުން އަންނައިރު، 14 ގެސްޓްހައުސް ހިންގަމުން އާދެއެވެ. އެހެންކަމުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ އެ ސަރަހައްދަށް މުހިންމު އެއަރޕޯޓެކެވެ.

މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 8919

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

112

މާލޭގައި ގަވާއިދާ ޚިލާފަށް އުޅުނު އިތުރު ނުވަ ބިދޭސީއަކު އަތުލައިގެންފި

112

ހުޅުމާލޭ ރަށު މާރުކޭޓު ކައިރީގައި ހުރި ދަބަސްތަކަކުން 36 ފުޅި ބަނގުރާ ހޯދައިފި

112

ބީއެމްއެލް އިން ފަސް ޖަމިއްޔާއަކަށް ފައިސާގެ އެހީދީފި

TTH_advertisement ELL Mobile Advertisement