ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ރައީސް ހެނބަދޫ ކައުންސިލާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނ. ހެނބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހެނބަދޫ ކައުންސިލް އިދާރާގައެވެ.

ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ހުށައެޅުއްވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިން ހިއްކައިދިނުމަށާއި ފުޓްބޯޅަ ދަނޑު އިތުރު ޖާގައާއެކު ތަރައްޤީ ކޮށްދިނުން ހިމެނެއެވެ. އަދި ރަށުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ރަށުގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މުވައްޒަފުން ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރަށު ސްކޫލުގައި މިހާރުން މިހާރަށް ކުރަންޖެހިފައިހުރި އެކިއެކި މަރާމާތުގެ މަސައްކަތް ކުރުމާއިމެދުވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ގަމަށް ހިޖުރަކުރި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement