ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން އިސްރައްވެހިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 17 ވަނަ ދުވަހު މާލޭ ގައި ހުންނަ އިސްރައްވެހިންގެ ނާދީ ގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ އިސްރައްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ނަފްސަށް އަޅާލުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަމިއްލަ ނަފުސަށް އަޅާލުމަށް ކުރެވިދާނެ ކަންތައްތަކާއި އޭގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެއިތުރުން ވެސް، މައިންޑްފުލްނަސްއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތަކާ އެކުގައެވެ.
އިސްރައްވެހިންގެ 30 މީހުން ބައިވެރިވި މި ވޯކްޝޮޕް ގައި މައުލޫމާތު ހިއްސާކޮށްފައި ވަނީ ވިކްޓިމް ސަޕޯޓް އޮފިސަރުން ކަމުގައިވާ ސުޒާނާ ޝަރީފް އާއި ޔޫހާ ހަސަން ހަލީމްއާއި ޢާއިޝަތު ޝަފާއެވެ.
ކިޔުންތެރިންގެ ހިޔާލު