ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްސަކޮށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

112

ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްސަކޮށް ލޯނުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓްރީން މިއަދު ބުނީ ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް، ޚާއްސަކޮށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި ފަންޑިންއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 29 ސެޕްޓެމްބަރު 2025 ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ ކޮމަން ފަންޑް ފޯ ކޮމޯޑިޓީސްގެ ފަރާތުން ކަމަށެވެ.
މީގެ އިތުރުން މި ފުރުސަތު ހާއްސަ ކުރެވިފައިވަނީ އެންމެ ކުރި އަރާފައިނުވާ ގައުމުތަކަށް ކަމަށާއި ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ފައިސާ ދޫކުރާ ދާއިރާތައް:

ދަނޑުވެރިކަމުގެ އީޖާދީ އައު ޓެކްނޮލޮޖީތައް
ދެމެހެއްޓެނެވި ދަނޑުވެރިކަމަށް
އިޔާދަކުރަނިވި ހަކަތައިގެ ހައްލުތަކަށް
ޑިޖިޓަލް ދަނޑުވެރިކަމަށް
މޫސުމާއި ރައްޓެހި އުސޫލުތަކަށް
ބްލޮކް ޗެއިންފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކުއިޓީ ކަށަވަރު ކުރުމަށް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ޒުވާން ދަނޑުވެރިޔާގެ އެހީތެރިކަން ހޯދަނީ

112

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް ގަސް ފޮނުވައިފި