ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަގީންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

112

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ހުޅުވާލައިފިއެވެ.

ޒަކާތު ހައުސް އިން ވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ޚާއްޞަކޮށްފައިވާ ފޯމު ޝާއިޢުކޮށްފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަމާއި ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް މި ފޯމުގައި ބަޔާންކޮށްފައިވެއެވެ.

ޒަކާތު ހައުސް އިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޚާއްޞަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް މިދިޔަ މަހު ދޫކޮށްފައިވަނީ 12،000ރ. އެވެ.

މީގެ އިތުރުން މިދިޔަ މަހު 104 ފަރާތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިދިޔަ މަހު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. މިގޮތުން ޓްރާންސްޕްލާންޓް ހެދުމަށް ޖޫން މަހު ދޫކުރީ 796،443ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ