ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

112

ސިނަމާލެ ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވެފައިވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ދާ ފަޅިން ސައިކަލުގައި ދަތުރުކުރި މީހެއްގެ ކަރުގައި ކަންވާރު ފަޅެއް އެޅި އަނިޔާވެފައިވާކަމުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.

އެ ކަންވާރަކީ ބްރިޖްގެ ހިނގާ ސަރަހައްދުގައި މަސް ބޭނުމަށް ބަޔަކު ބޭނުންކުރި އެއްޗެކެވެ. މިއީ އާންމުކޮށް ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ބްރިޖް ހައިވޭގައި މަރާމާތުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދިއްޖެ

112

ބްރިޖްމަތީގައި ޕިކަޕެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ

66

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި