ކުއްލި ޚަބަރު

ތެލަސީމިއާ ކުދިންނަށް ލިބިފައިވާ ލޭ ލިބުމުގެ ދަތިކަން ހައްލުކުރަން އެޗްޑީސީގެ މުވައްޒަފުން ނުކުންނަނީ

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރައީސްގެ ދަރިކަލުންގެ އަބުރަަށް އަރައިގަތްކަން ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުންގެ އަބުރަށް އަރައިގަނެފައިވާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަަރާއެއް ތެރޭ އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަަތަކަކާ ގުޅިގެން އޭނާއާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އެ މައްސަލާގައި ސާޖިދާގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅުއްވި ދައުވާއަށް ޖަވާބުދިނުމަށް ދައުވާ ރައްދުވާ ފަރާތްތަކަށް ކޯޓުން ދިން ފުރުސަަތުގައި އެ ފަރާތްތަކުން ދައުވާއަށް ޖަވާބެއް ނުދެއެވެ. މުއްދަތު ހަމަވިފަހުން ޖަވާބު ހުށަހެޅި ނަމަވެސް ކޯޓުން ނިންމާފައިވަނީ ޣައިރު ހާޒިރުގައި ހުކުމްކުރުމަށެވެ.

އެގޮތުން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ އަބުރަށް އުނިކަން ލިބުނުކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

ހުކުމުގައިވާ ގޮތުން ސާޖިދާގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގެންފައިވަނީ ތިން ކަމަކަށެވެ. އެއީ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަަދާތަކުން ސާޖިދާގެ ދަރިކަލުންނަށް ލިބިވަޑައިގަންނަވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަަނޑައަޅައިދިނުމާއި، ދަރިކަލުންނަށް ލިބުނު އަދި ލިބިދާނެ ކަމުގައި ބެލެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިފައިވާކަމަށް ކަނޑައެޅުމެވެ. އޭގެ އިތުރަށް އެ ފަރާތްތަކުން ސާޖިދާގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކާއި އެ ވާހަކަތަކުން ނުކުތް ނަތީޖާއާމެދު އެ ފަރާތްތަކުން މައާފަށް އެދުމަށް ކޯޓުން އަމުރުކޮށްދިނުމަށްވެސް އެކަމަނާ އެދިވަޑައިގެންފައިވެއެވެ.

ފައްޔާޒާއި އެމްޑީޕީން އެކަމުގައި މައާފަށް އެދެންޖެހޭނެ ކަމުގައި ކޯޓަށް ނުފެންނަކަމަށް ކަނޑައެޅި ނަމަވެސް ކޯޓުންވަނީ ރައީސްގެ ދަރިކަލުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެނެވިފައިވާކަމަށް ކަނޑައަޅާފައެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރެއްވުމުގެ ހައްގު ފަސްޓްލޭޑީ ސާޖިދާއަށް ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

DSC04658

ޕީއެންސީގެ 1300އަށްވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

WhatsApp Image 2026 01 20 at 14.33.52

ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ނިންމާލައިފި

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

TTH_advertisement