ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ 40 ވަނަ ބްރާޗް ދުވާފަރުގައި ހުޅުވައިފި

Whatsapp image 2025 07 19 at 03.08.38

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އެ ބޭންކުގެ 40 ވަނަ ބްރާންޗު މިއަދު ހުޅުވައިފިއެވެ.

ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދުވާފަރުގައި ހުޅުވި އާ ބްރާންޗުން ހިދުމަތް ދޭނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ‘އިސްލާމިކް ފައިނޭންސް ފަސްޓް’ ސިޔާސަތުގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ. 1982 ވަނަ އަހަރު ބީއެމްއެލްގެ ފުރަތަމަ ބްރާންޗު ހުޅުވީ މާލޭގައެވެ. ފާއިތުވި ދިގު މާޒީގައި ބީއެމްއެލްގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުމަށް އެތައްގޮތަކުން އެ ބޭންކުން ވަނީ ފަސޭޖަތަކެއް ގެނެސްދީފައެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ބީއެމްއެލް އިން އަންނަނީ ހިދުމަތްތައް ފުޅާކުރަމުންނެވެ.

“ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ އެވެ،” ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި