ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

5 މިލިއަން ގަސް މަޝްރޫއުގެ ދަށުން ނާސަރީއެއް އެޅުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

121

ސަރުކާރުން އިސްނަންގަވައިގެން ކުރިޔަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ގަސްގަހާގެހި ބެލެހެއްޓުމަށް ޚާއްސަ ނަރުސަރީއެއް ޤާއިމުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި އެޗްޑީސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން މަސައްކަތްކޮށް، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ ގަސްތައް އުފެއްދުމާއި ބެލެހެއްޓުމަށްޓަކައި ޒަމާނީ ނާރސަރީއެއް ޤާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމެވެ. ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް މި ނާސަރީގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެއީ ގަސްގަހާގެހި ގިނަވެ، ރާއްޖޭގެ ރީތިކަން އިތުރުވުމަކީ ފަތުރުވެރިންނަށް ލިބިގެންދާނެ އިތުރު ބޮޑު ފައިދާއެއް ކަމަށްވާތީ ކަމުގައިވެސް އެ ވުޒާރާއިން ބުނެއެވެ.

މި ނާސަރީ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މަޝްރޫޢުގެ ދަށުން އިންދުމަށް ބޭނުންވާ ގަސްތަކުގެ މިންވަރު އިތުރުކުރުމަށް މިކަން އެހީއަކަށް ވެގެންދާނެ ކަމަށް އެ ވުޒާރާއާއި އެޗްޑީސީންވެސް ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި