ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްތަމަ ފަނޑިޔާރު އަންނަ ހޯމަ ދުވަހު ރިޓަޔަރ ކުރަށްވަނީ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ މެއި މަހު އުއްތަމަ ފަނޑިޔާރު ރިޓަޔަރވުމަށް ހުށަހެޅުއްވުމާ ގުޅިގެން، އެ މަނިކުފާނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރާނެ ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރަށްވަން ނިންމަވާފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުނު މުއުތަސިމް އަދުނާން، 2009 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އެ މަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން ބެޗިލަރ އޮފް ލޯސް (1992) އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ (1994) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

uthama fadiyaaru

މިދިޔަ އަހަރު 20،000 މައްސަލަ ހުކުމް ކުރި، 20،898 މައްސަލަ ރަޖިސްޓްރީކުރި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު