ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި ހަ ޓާމިނަލް ރަށު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ދެން ބަލަހައްޓާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
އެ ފެރީ ޓާމިނަލްތަކާއި ސްޓޮޕްތަކުގައި ދަތުރުވެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ހުންނާނެ ކަމަށާއި އާރްޓީއެލް ހިދުމަތާ ބެހޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފެރީ ޓާމިނަލް ހަވާލުކުރި ކައުންސިލްތައް:
- ހދ ހަނިމާދޫ ކައުންސިލް
- ހއ ހޯރަފުށީ ކައުންސިލް
- ހއ އިހަވަންދޫ ކައުންސިލް
- ށ ބިލެތްފަހި ކައުންސިލް
- ށ ފުނަދޫ ކައުންސިލް
- ހއ ދިއްދޫ ކައުންސިލް
ފެރީ ސްޓޮޕްތައް ހަވާލުކުރި ކައުންސިލްތައް:
- ހދ ފިނޭ ކައުންސިލް
- ހއ މުރައިދޫ ކައުންސިލް
- ހއ މޮޅަދޫ ކައުންސިލް
- ހއ މާރަންދޫ ކައުންސިލް
- ހއ ތުރާކުރު ކައުންސިލް
- ހއ އުލިގަން ކައުންސިލް
- ށ ފޭދޫ ކައުންސިލް
- ށ ކޮމަންޑޫ ކައުންސިލް
- ހދ ވައިކަރަދޫ ކައުންސިލް
- ހދ ކުމުންދޫ ކައުންސިލް
- ށ ގޮއިދޫ ކައުންސިލް
- ހއ ބާރަށް ކައުންސިލް
ކިޔުންތެރިންގެ ހިޔާލު