ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އީރާނުގެ ގައުމީ އިސްތިގްލާލާއި ކަރާމާތް ރައްކާތެރިކުރުމަށް އަބަދުވެސް ތާއީދުދޭނަން: ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ

ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ (ކ)، އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޚީއާ ސަލާމްކުރައްވަނީ

އީރާނުގެ ގައުމީ އިސްތިގްލާލާއި ކަރާމާތް ރައްކާތެރިކުރުމަށް އެހީތެރިކަމާއި ތާއީދުދިނުންމަތީ ޗައިނާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، ޗައިނާގެ ޓިއަންޖިންގައި ނިމިގެންދިޔަ ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ވަޑައިގެންނެވި އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޚީއާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަމަ އެއާއެކު، ބާރުގެ ބޭނުންކުރުމުގެ ސިޔާސަތުތަކާއި، އަދި ބުލީކުރުމާ ދެކޮޅުހެދުމުގައިވެސް އީރާނަށް ތާއީދުކުރުންމަތީ ޗައިނާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ ވަންގް ޔީ ދެއްވާފައި ވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށް އީރާނުން ބުނާ ބުނުމަށް ޗައިނާއިން އިހްތިރާމްކުރާ ކަމަށާއި،  އެހެންނަމަވެސް، ސުލްހަވެރި ބޭނުމަށް ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަމަށް އީރާނުން ކުރާ މަސައްކަތަށް އިހުތިރާމްކުރާ ކަމަށްވެސް، ޗައިނާގެ ފޮރިން މިނިސްޓަރ ޔީ، އީރާނުގެ ފޮރިން މިނިސްޓަރަށް ދެންނެވިއެވެ.

އަދި،  މެދުއިރުމަތީގެ ހަމަޖެހުން ދެމެހެއްޓުމާއެކު، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަ ހައްލުކުރުމަށް ބިނާކުރަނިވި ދައުރެއް އަދާކުރުމަށް ބެއިޖިންގ ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުވަނީ، ޑިޕްލޮމެސީގެ ތެރެއިން ސުލްހަވެރި ހައްލުތައް ހޯދުމަށް އީރާނުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީއާއި، އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޚީއާ ދެބޭފުޅުންގެ ބައްދަލުވުމުގައި، ދެގައުމުގެ ގުޅުމާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ މެދުގައިވެސް މަޝްވަރާ ކުރެއްވި ކަމަށް، ޗައިނާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement