ކުއްލި ޚަބަރު

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

މާމިގިލީ ކައިރިއަށް ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

ރާއްޖޭގެ ފުރަތަމަ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރަކަށް އިންނަހުރާ

Whatsapp image 2025 07 14 at 18.29.58

ކަސްޓަމްސްގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ކަސްޓަމްސްއިން ތައާރަފުކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ (އޭއީއޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ހާސިލުކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ވެއްޖެއެވެ.

އޭއީއޯ ޕްރޮގްރާމަކީ، ބައިނަލްއަގުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ގާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ހާއްސަ ފައިދާތަކާއި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ގައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ. ރާއްޖޭގެ މި ޕްރޮގްރާމުގެ ނަމަކީ “ދިވެހިރާއްޖޭގެ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ” ޕްރޮގްރާމްއެވެ.

އެ ޕްރޮގްރާމުގެ މައިގަނޑު އެއް މަގުސަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ހިދުމަތްތައް ހޯދައި ލިބިގަތުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ.

އިންނަހުރާ ރިސޯޓަށް ލިބުނު، ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝިޔާޒެވެ. އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރު ހުސެއިން ހަމީދެވެ.

އެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޝިޔާޒް ދެއްކެވި ވާހަކައިގައި ވިދާޅުވީ އޮތޯރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރު ޕްރޮގްރާމްގެ ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ، ޓްރޭޑް ފެސިލިޓޭޝަންގެ ދާއިރާއިން ހާސިލުކުރި މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. އޭގެ އިތުރުން ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުމަށް ކަސްޓަމްސް އިން އަބަދުވެސް މުހިންމު މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އެ ހަފުލާގައި ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރު ޕްރޮގްރާމަކީ ދުނިޔޭގެ 89 ގައުމެއްގައި މިހާރު ތަންފީޒުކުރަމުންދާ ޕްރޮގްރާމެއް ކަމަށާއި، ކަސްޓަމްސްގައި ގާއިމުކުރި ޕްރޮގްރާމްގެ ތިން ޓިއާއަކަށް ބެހިފައިވާ ކަމަށެވެ. އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ޓިއާ އެވެ.

ކޮންމެ ޓިއާއެއްގައިވެސް ލިބޭނެ ފައިދާތަކާއި ފަސޭހަތައް ތަފާތުވާނެ ކަމަށާއި އަދި ޕްރޮގްރާމަށް އެންރޯލްވާ ކުންފުނިތަކުގެ ކޮމްޕަލަޔަންސް ލެވެލް އާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތަށް ބަލައި މަތީ ޓިއާތަކަށް ޕްރޮމޯޓްވާނެކަމަށްވެސް ވިދާޅުވިއެވެ.

ސެޓްފިކެޓް ހާސިލުކުރި ކުންފުންޏަށް ލިބޭނެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި އެ ފަރާތުން ހުށަހަޅާ ޑިކްލަރޭޝަން ފޯމުތައް އޮޓޯ އެސެސްވުމާއި، މުދާ ބަލައިފާސްކޮށް ދޫކުރުމުގައި އަވަސް އިންތިޒާމުތަކެއް ހަމަޖެހުމާއި، މުދަލުގެ އޮރިޖިން އާއި އެޑްވާންސް ރޫލިން ފަދަ ލިޔުންތައް ފޯރުކޮށްދިނުމުގައި ހާއްސަ އިންތިޒާމުތައް ހަމަޖެހިގެން ދިއުން ފަދަ ކަންކަން ހިމެނޭނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރު ހުސެއިން ހަމީދު ދެއްކެވި ވާހަކައިގައި، އިންނަހުރާ މޯލްޑިވްސްގެ މެނޭޖްމެންޓުން އިންޓެގްރިޓީ އާއި ކޮމްޕްލަޔަންސްއަށް އަބަދުވެސް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވައި، ފުރަތަމަ އިކޮނޮމިކް އޮޕަރޭޓަރަކަށްވުމަކީ ޒިންމާ ބޮޑު އަދި އެއް ހަމައެއްގައި ކޮމްޕްލަޔަންސް ލެވެލް ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

އާއްމުގޮތެއްގައި މުދާ ކްލިއާކުރުމަށްޓަކައި ދުރާލާ ޑިކްލަރޭޝަން ފޯމު ހުށަހަޅާ ކަމަށާއި މުދާ ކްލިއާކުރުމުގެ ސްޕީޑް އަވަސްވާނީ ކަސްޓަމްސްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކޮށްގެން ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އެ ކުންފުނީގެ ދަށުން އޮޕަރޭޓްކުރާ އެހެނިހެން ރިސޯޓުތަކުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާނެ ކަމަށ އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ހާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހެއެވެ. އެ ޕްރޮގްރާމަކީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެއް ނޫނެވެ. މެދުކެނޑުމެއް ނެތި މަދުވެގެން ފަސް އަހަރުދުވަހު މުދާ އިމްޕޯޓް ކޮށްފައިވާނަމަ ނުވަތަ އެކްސްޕޯޓް ކޮށްފައިވާނަމަ، އެ ފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏެއް ކަމުގައިވީނަމަވެސް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

432

ފުލެޓު ލިބޭ މީހުންނާއެކު ސޮއިކުރަން ހާއްސަ ތަނެއް ހަމަޖައްސަނީ

121

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

accident-1

މިދިޔަ މަހުގެ ނިޔަލަށް މިއަހަރު 1000 އަށްވުރެ ގިނަ އެކްސިޑެންޓު 

121

މާމިގިލީ ކައިރިއަށް ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

TTH_advertisement ELL Mobile Advertisement