ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

“ހާލު ކިހިނެއް؟” ޕްރޮގްރާމް ދ. އަތޮޅުގައި ފަށައިފި

121

ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ “ހާލު ކިހިނެއް؟” ޕްރޮގްރާމް ދ.އަތޮޅުގައި ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ޒިޔާރަތުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕްކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ‘ހާލު ކިހިނެއް؟’ ޕްރޮގްރާމް، ދ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ކުޑަހުވަދޫ ކައުންސިލާ ވަނީ މަޝްވަރާކޮށްފައެވެ. މި މިބައްދަލުވުމުގައި، ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ޢާއިލާތަކަށް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ ހާލު ކިހިނެއް ޕްރޮގުރާމް މިމަހުގެ ތެރޭގައި ފ.އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް “ހާލު ކިހިނެއް؟” ޕްރޮގުރާމް ފެށޭނެކަމަށް ވިދާޅުވިއެވެ. އެވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ފެށުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި

Gggs

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމަށް ޕްރޮގްރާމެއް ފަށައިފި

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement