ކުއްލި ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލައިފި

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު، ފައިނޭންޝިއަލް ޑިރެކްޓަރަކަށް އަޒޫރު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަޙްމަދު ސައީދު އައްޔަންކުރައްވައިފިއެވެ. އަދި ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް އިތުރު ދައުރަކަށް ވަނީ އަޙްމަދު އަޒޫރު އައްޔަންކުރައްވާފައެވެ.

މި ދެބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރެއްވީ އަލަށް އިންތިޚާބުކުރި އެމްއޯސީގެ ހިންގާ ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައެވެ. ރޭ ބޭއްވި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް އާއި ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ކުރިޔަށް އޮތް ދައުރަށް ތަމޫހު އާއި އަޒޫރު އަލުން އައްޔަންކުރުމަށް ނިންމެވީ ބޯޑުގެ އިއްތިފާގުންނެވެ.

އެދެބޭފުޅުން މި މަޤާމުތަކަށް އައްޔަންކުރެއްވީ ބޯޑުން އެ ދެބޭފުޅުންގެ ލީޑަޝިޕަށް ކުރައްވާ އިތުބާރާއި އެމްއޯސީގެ މަގުސަދުތައް ކުރިއެރުވުމަށް ފާއިތުވެދިޔަ ތަނުގައި ދެބޭފުޅުންވެސް ކުރައްވާފައި މަސައްކަތަށް ބެލުމަށްފަހުގައި ކަމަށް އެމްއޯސީން ބުނެއެވެ. އެމްއޯސީ އިން ބުނީ ކުރިޔަށް މިއޮތް ދައުރުގައިވެސް ކުޅިވަރު ކުރިއަރުވާ ރާއްޖޭގައި އޮލިމްޕިކް އަސާސްތައް ކުރިއެރުވުމުގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

02 ޖޫންގައި ބޭއްވި އެމްއޯސީގެ އިންތިހާބުގައި 2025-2029 އަށް އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިހާބުކުރި އިރު ރައީސް ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބުދުއްސައްތާރު (ޗަންޕީ) އާއި ނައިބު ރައީސް ކަމަށް ޗެސް އެސޯސިއޭޝަންގެ އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ އަޙްމަދު އިސްމާއިލް ވަނީ އިންތިހާބުކޮށްފައެވެ.

މި ބޭފުޅުންގެ ހިންގާ ކޮމިޓީން އަނެއްކާވެސް އެސްޖީގެ މަގާމަށް ތަމޫހު އައްޔަނުކުރެއްވިއިރު އެންމެ ފުރަތަމަ އެމްއޯސީގެ އެސްޖީގެ މަގާމަށް ތަމޫހު އައްޔަންކުރީ 12 ޖުލައި 2021 ގައެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިންވެސް ތަމޫހު މަސައްކަތްކުރެއްވީ އެމްއޯސީގައެވެ. ތަމޫހު ވަނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

‎މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކެއްޓްރީގެ މަގާމުވެސް އަދާކުރެއްވި ތަމޫހު ވަނީ ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ކޮމިޓީއަށް ފޮނުވައިފި

majilis

ފޭކު މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބިލެއް ހުށަހަޅަައިފި

raees muiz

ރޭގެ އެކްސިޑެންޓުގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް، ރައީސްގެ ތައުޒިޔާ

ހުޖާން ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ELL Mobile Advertisement TTH_advertisement