ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭކު މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބިލެއް ހުށަހަޅަައިފި

majilis

ފޭކު މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ޓްރޭޑް މާކު ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅައިފިއެވެ.

މަޖިލީހަށް ޓްރޭޑްމާކު ބިލު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރެވެ. ބިލުގެ މަގުސަދެއް ކަމުގައި ބުނެފައިވަނީ ޓްރޭޑްމާކު ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމު ގާއިމުކޮށް، ޓްރޭޑްމާކާ ގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

އެ ބިލުގައި ޓްރޭޑްމާކުގެ ވެރިފަރާތަށް ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގުތަކަށް އަރައިގަނެއްޖެނަމަ އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ތަފުސީލުކޮށް ބަޔާންކޮށްދީ، ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

ބިލުގައި ބަޔާންކުރާ ގޮތުން ޓްރޭޑްމާކު ރަޖިސްޓްރީކުރެވޭނީ ދިހަ އަހަރުގެ މުހުލަތަކަށެވެ. އެ މުހުލަތު ހަމަވުމުން އިތުރު ދިހަ އަހަރަށް ޓްރޭޑްމާކުގެ ރަޖިސްޓްރޭޝަން މުހުލަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރަށް ކައުންޓާފިޓް މުދާ ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ރާއްޖެއިން ބޭރުކުރުން ބިލުގައި މަނާކޮށްފައިވެއެވެ. އަދި އެފަދަ މުދަލެއް އުފައްދައި، އެއިން ވިޔަފާރިކޮށް، ރާއްޖެއިން ބޭރުކުރުމުގެ އަމަލެއް ހިންގައިފިނަމަ އެ ފަރާތެއް 100،000 ރުފިޔާއާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާކުރެވޭނެ ކަމަށް ބިލުގައި ބުނެއެވެ.

އަދި ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކުރާަ ޓްރޭޑްމާކުގެ ހައްގަކަށް އުނިކަން ލިބޭ ފަދަ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ އަމަލަަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިފައިވެއެވެ.

މިހާރު ރަޖިސްޓްރީކޮށްފަައިވާ ޓްރޭޑްމާކުތައް މި ބިލު ގާނޫނަކަށްވުމުން އަލުން ރަޖިސްޓްރީކުރުމަށް 12 މަސްދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީނުކުރެވޭ ޓްރޭޑުމާކުތައް އުވައިލެވޭނެ ކަމުގައިވެސް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި