ކުއްލި ޚަބަރު

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

ބީއެމްއެލްގެ ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަސްތުވާތަކެއްޗާ އެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނުން ބުނީ މި މަހުގެ 7 ވަނަ ދުވަހާއި 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުން އެ ހަތަރު މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވާ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ވިލާ، ޢަބްދުﷲ ޝާއިފް (25އ) އެވެ. އަދި 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، ޢަބްދުﷲ އާދަމް (51އ) އެވެ.

އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގެ އިތުރުން، މި ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި މއ. ހިތްތަލަވިލާ، އަޙްމަދު ނަޘްމީން (28އ) ވެސް މަސްތުވާތަކެތީގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

އޭނާއާ ގުޅުންހުރި، ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ. ފުލުހުން ބުނީ، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމު ކަމަށާއި، ކުށްކޮށްގެން ހޯދައިފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

08ޖދ

ދުވާފަރުގައި ގަވާއިދާ ޚިލާފަށް އުޅުނު 51 ބިދޭސީއަކު އަތުލައިގެންފި

TTH_advertisement