ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި އެހީގެ ތަކެތި ބަލާދާ މީހުން މަރާ މައްސަލާގައި އެމެރިކާގެ ރައީސްގެ މައްޗަށް ޖިނާއީ ޝަރީއަތެއް ހިންގަން ގޮވާލައިފި

ޣައްޒާގައި އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި އެތައްބަޔަކު ޝަހީދުކުރަމުންދާ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގަން، ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ ޔޫރޯ-މެޑިޓަރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ ގްރޫޕުން ގޮވާލައިފިއެވެ.

އެ  ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން” ޣައްޒާގައި އެހީ ބެހުމުގެ ނިޒާމަށް ޓްރަމްޕް ތާއީދު ކުރާތީއާއި، ޖީއެހްއެފުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގައި ބައިވެރިވުމުގެ ކުށުގައި ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން” އެހީ ބެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އެހީ ބަލައިދާ މީހުންގެ ތެރެއަށް އިސްރާއީލު ސިފައިންނާއި، ޖީއެހްއެފުގެ ކުލީ ސިފައިން ބަޑިޖަހައި، މެއި 27 އިން މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި ޒަޚަމްކޮށްލި މީހުންގެ އަދަދު 6،000 އިން މައްޗަށް އަރައެވެ.

ޣައްޒާގައި އެހީ ބެހުމަށް ޖީއެޗްއެފުން ކަނޑައެޅި ހުރިހާ ޕޮއިންޓްތަކެއް ކެންސަލް ކުރުމަށްފަހު، މިހާރު ކަނޑައަޅާފައިވަނީ ހަމައެކަނި ރަފަހް ޕޮއިންޓުން އެކަނި އެހީގެ ތަކެތި ދޫކުރުމަށެވެ.

މިއީ، ޣައްޒާގެ އެހެން ހިސާބުތަކުން އާންމުން އެތައް މޭލަށް ހިންގުވާފައި ގެންގޮސް، ޣައްޒާގެ އުތުރާއި މެދުތެރެ ހުސްކޮށްލައި، ރަފަހަށް އެންމެން ގެންގޮސް މެރުމަށް ރާވަމުންދާ ނުބައި ރޭވުމެއްކަން ދަނީ ހާމަވަމުންނެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އަކީ އެމެރިކާގެ ރައީސްގެ ބައިވެރިވުން އޮވެގެން، ނަތަންޔާހޫއާ ގުޅިގެން ޣައްޒާގެ އާންމުން މަރައި، ނަސްލުނައްތާލުގެ ޕްލޭނެއްކަންވެސް ދަނީ ހާމަވަމުންނެވެ.

ޓްރަމްޕް ދާދިފަހުންވަނީ އެ ފައުންޑޭޝަނަށް އިތުރު 30 މިލިއަން ޑޮލަރުވެސް ދީފައެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ގެ ވެރިޔަކޫ ޓްރަމްޕްގެ ގާތް އެކުވެރި ޒަޔަނިސްޓެކެވެ.

މިމައްސަލާގައި، ޓްރަމްޕްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގުމަށް ގޮވާލުމުގެ އިތުރުން، “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ވަގުތުން ބަންދުކުރުމަށްވެސް ޔޫރޯ-މެޑިޓަރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ ގްރޫޕުން ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ