ކުއްލި ޚަބަރު

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޣައްޒާ މުޖާހިދުންގެ ހަމަލާތައް ވަރަށް ވަރުގަދަ، ދުޝްމަން ސިފައިންގެ އެތައްބަޔަކު މަރައި، ޓޭންކްތަކާއި ވެހިކަލްތައް ގޮއްވުން އިތުރުވަނީ

ޣައްޒާގައި އުދުވާނުތައް ހިންގަމުންގެންދާ ޒަޔަނިސްޓު ސިފައިންނަށް، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

މި ހަމަލާތަކުގައި، ޒަޔަނިސްޓު ސިފައިންގެ އެތައް ބަޔަކު މަރާލައި، އެމީހުންގެ އަސްކަރީ ވެހިކަލްތަކަށްވެސް ބޮޑެތި ގެއްލުންތައް ދެމުން ގެންދެއެވެ.

ހަމާސްގެ އަސްކަރީ ވިންގު، ޤައްސާމް ބްރިގޭޑުގެ މުޖާހިދުން މިރޭވަނީ، ގާޒާ ސިޓީގެ ތުއްފާހް އަވަށުގައި ޒަޔަނިސްޓު ސިފައިން ގާއިމްކޮށްފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސައިޓަކަށް މޯޓަރު ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޒަޔަނިސްޓު ސިފައިންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަ ނުކުރެއެވެ.

ހަމާސްގެ މުޖާހިދުންނާ ގުޅިގެން، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ މުޖާހިދުންވެސް ވަނީ، ތުއްފާހް އަވަށުގައި ޒަޔަނިސްޓު ޓެރަރިސްޓުންނަށް ހަމަލާ ދިނުމުގައި ބައިވެރިވެފައެވެ.

އެގޮތުން، އިސްލާމިކް ޖިހާދުގެ މުޖާހިދުންވަނީ، ކުރިން ފޮރުވާފައިވާ ގޮވާތަކެތި ބޭނުންކޮށްގެން، އިސްރާއީލު ސިފައިންގެ ޓޭންކެއް ގޮއްވާލާފައެވެ. އެއީ، ޣައްޒާއަށް ހަމަލާދިނުމަށް ޒަޔަނިސްޓުން ބޭނުންކުރާ އެންމެ ވަރުގަދަ މަރްކަވާ ޓޭންކެކެވެ.

މި ހަމަލާގައި ދުޝްމަނުންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއްވެސް އަދި ހާމަ ނުކުރެއެވެ.

ހަމާސްގެ މުޖާހިދުން އިއްޔެވަނީ، ގާޒާ ސިޓީގެ ޒައިތޫން އަވަށުގައި ޒަޔަނިސްޓުންގެ އެތައް ވެހިކަލަކަށާއި، ހުރިހާ ހަމަލާތަކެއްވެސް ވަރަށް ކާމިޔާބު ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ހަފްތާގައި ދުޝްމަނުންނަށް ދެވުނު ހަމަލާތަކުގައި، އަސްކަރީ ޓޭންކަކާއި، ޑީ9ގެ ދެ ބުލްޑޯޒަރާއި، މަގުކޮންނަ އިތުރު އުޅަނދެއްވެސް ހަމަލާދީ ގޮއްވާލެވުނު ކަމަށް، ޤައްސާމް ބްރިގޭޑުން ބުނެފައި ވެއެވެ.

މި ހަފްތާގައި އެކަނިވެސް މުޖާހިދުންގެ ހަމަލާދީ، ޒަޔަނިސްޓު ސިފައިންގެ އެތައް ބަޔަކު ޣައްޒާގައި މަރާލާފައި ވެއެވެ. އަދި ވަކި  ވަކި ސިފައިންގެ ގަޔަށް ބަޑިޖަހައިވެސް މަރަމުން އެބަ ގެންދެއެވެ.

ޣައްޒާގައި މަރުވާ ސިފައިންނާ ގުޅޭގޮތުން ޒަޔަނިސްޓު އަސްކަރިއްޔާއިން ފަތުރާ ދޮގު މައުލޫމާތު ފަޅާއަރަމުންދަނީ، މުޖާހިދުން ހަމަލާތަކުގެ ވީޑިއޯތައް އާންމުކުރަމުން ގެންދާތީއެވެ.

މުޖާހިންދުން މިހަފްތާގައި އެކަނިވެސް ޣައްޒާ ތެރެއިން ޒަޔަނިސްޓު ސިފައިންގެ ބައެއް މީހުން ރަހީދުކޮށްފައި ވެއެވެ.

އިސްރާއީލުން މުޅި ޣައްޒާއަށް ބޮންއެޅުން އިތުރުކޮށްފައިވަނީ، މުޖާހިދުންގެ ހަމަލާތައް ވަރުގަދަކަމުން އެކަން ހުއްޓުވުމަށް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސަރުކާރަށް ތާއީދުކޮށް އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުތުމުން ހުޅަނގުގެ މީޑިއާ ބްލެކްއައުޓް، ވެރިން ހައްޕު!

އީރާނަށް އަސްކަރީ ހަމަލާދިނުމާ ގުޅޭ މަޝްވަރާތައް އަންގާރަ ދުވަހު ބާއްވަނީ

މުޅި ދުނިޔެއަށް ގޮންޖަހަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ސޯމާލިލޭންޑަށް ހިނގައްޖެ

TTH_advertisement