ރައްޔިތުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭ “އަހާ” ފޯރަމް މި މަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
މި ފޯރަމް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 9:00 ގައި ޓީވީއެމް އިމާރާތުގައެވެ.
މިފަަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމާއި ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.
މިނިސްޓަރުންނާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ”ޕީއެސްއެމް އެއާ“ މެދުވެރިކޮށް ސުވާލު ކުރެވޭނެއެވެ. އަދި ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ މެދުވެރިކޮށް ވެސް މިނިސްޓަރުންނާ ސުވާލު ކުރެވޭނެއެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ޖާގާ ދީ، އެކަންކަން ހައްލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު