ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

121
އަހްމަދު ސައީދު މުހައްމަދު — ފޮޓޯ: އަވަސް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފިއެވެ.

އޭނާގެ މައްޗަށް މި ފަހަރު ދައުވާ ކުރީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ 30 އެޕްރީލް 2023ގައި ފެނަކައާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، މާމެންދޫގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި އާދަޔާ ޚިލާފު ބޮޑު އަގެއްކަމަށްވާ ޖުމްލަ 11,251,946.00 އަށް އެ އައިސްޕްލާންޓް ގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް ކަމަށް ދައުވާގައިވެއެވެ.

ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18 ވަނަ އާންމު ބައްދަލުވުމުގައި 07 ސެޕްޓެންބަރު 2023 ދުވަހު ސައީދު ބައިވެރިވެ މަޝްވަރާކޮށް އެ އައިސްޕްލާންޓް ގަތުމަށް ނިންމިއިރު، ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ، އެވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓްއާ ދެމެދު ހަމަ އެ ދުވަހު މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

މީގެކުރިން ވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

akram kamaaludeen

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން އެއީ ގައުމަށް އެއްމެ ރަގަޅު ފައިދާހުރިގޮތް: އަކުރަމް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް