ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ ހަމަހު ޒަކަތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިއަން، ގިނައިން އެހީވީ ކެންސަރު ބަލީގެ މީހުންނަށް

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

ގުޅިފަޅު ގޯތީގެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އޭޖީ އޮފީހާ މަޝްވަރާކުރަނީ

ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކުރެވޭނެ

ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު “އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް ފޯ ދެއަރ ރެސްޕެކްޓިވް ސިޓިޒެންސް” ގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ޑޮމިނިކާ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

މިއަދު އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަރޓް އެރޮންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރު ކުރެވުމުގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޫސުން ގޯސްވާނެތީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

121

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމްކުރުމަށް ބީލަމަށް ލައިފި

121

މި އަހަރުގެ ފުރަތަމަ ހަމަހު ޒަކަތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިއަން، ގިނައިން އެހީވީ ކެންސަރު ބަލީގެ މީހުންނަށް

މަހާތީރުގެ އުފަންދުވަހަށް މައުމޫންގެ ފަރާތްޕުޅުން ހަދިޔާއެއްގެ ގޮތުގައި މުންނާރުގެ މޮޑެލްއެއް

TTH_advertisement ELL Mobile Advertisement