ކުއްލި ޚަބަރު

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

މި އަހަރުގެ ފުރަތަމަ ހަމަހު ޒަކަތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިއަން، ގިނައިން އެހީވީ ކެންސަރު ބަލީގެ މީހުންނަށް

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

އިސްތަށިގަނޑު ކަޅުކުރުން ހުއްދަވާނެ: ފަތުވާ

121

އިސްތަށިގަނޑުގައި ކަޅު ކުލަަޖެއްސުމަކީ ހުއްދަ ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ދީފިއެވެ.

އެ މަޖިލީހުން ފާއިތުވި ފެބްރުއަރީ 18 ވަނަ ދުވަހު ނެރުނު އަދި މިއަދު އާއްމުކުރި ފަތުވާގައި ބުނެފައިވަނީ އިސްތަށީގައި ކަޅު ކުލަޖެއްސުމާމެދު އިލްމުވެރިންގެ ދެ ރައުޔައެއް އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. ފުރަތަަމަަ ރައުޔައަކީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަނުވާނެކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔައެވެ. ދެވަނަ ރައުޔައަކީ އެކަން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔައެވެ.

ދެ ރައުޔައަކީވެސް ދަލީލުތަކުގެ މައްޗަށް ބިނާކުރައްވަައި އިލްމުވެރިން ކުރައްވާފައިވާ އިޖުތިހާދުގެ މައްޗަށް ހުކުމް ބިނާކުރައްވާފައިވާ ދެ ރައުޔަކަން ފަތުވާ މަޖިލީހުން ފާހަގަކުރިއެވެ.

އިތުރަށް ފަތުވާ މަޖިލީހުން ބުނެފައިވަނީ މި މައްސަލައަކީ އިޖުތިހާދީ މައްސަލައަކަށްވާތީ އެ މައްސަލާގައި އިލްމުވެރިންގެ މެދުގައި އޮތް ދެ ރައުޔައަކީވެސް ސައްހަ ރައުޔައިގެ ގޮތުގައި އިލްމުވެރިން ގަބޫލުކުރައްވާ ދެ ރައުޔަ ކަމަށެވެ.

އެހެންނަމަވެސް ފަތުވާ މަޖިލީހުން ދެކޭ ގޮތުގައި ބޮލުގައި ކަޅު ކުލަޖެއްސުން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް، އެކަން ހުއްދަނުވާނެ ކަމުގައި ވިދާޅުވާ ބޭފުޅުންގެ ދަަލީލުތަކަށްވުރެ ވަރުގަދައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސަހަރޯ
ތީހެ އިސްމީހަކަށް ހުރި މީހާ މީހެ ކުރިންވެސް ވަނީ ތިޔަށްވުރެ ބޮޑު ވާހަކައެއް ދައްކާފަ. މީ ހޫނުގަދަ ޤައުމެކޭ. އެހެންވީމަ އަންހެނުން ގައިފެންނަ ތުނިހެދުން ލައިހެން ވެސް އުޅުމް ހުއްދައޭ ވެަސް ބުނި. އަންހެނުން ބުރުގާ އެޅުން ލާޒިމެއް ނޫނޭ ވެސް ބުނި. މިހާރު އެބުނަނީ އިސްތަށީ ކަޅުކިރެވޭނެ ވާހަކަ. މި ކޮމެންޓް ޖަހާލަދެއްޗޭ. ފަހުހެ ކުދިންނަށް މި ވާހަކަތައް ނޭނފި އޮވެދާނެތީ

ގުޅުންހުރި

121

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

121

ވަށަފަރު ސްކޫލްގެ ކްލާސްރޫމެއްގެ ސީލިންގް ވެއްޓި ދެ ދަރިވަރަކަށް އަނިޔާވެއްޖެ

މޫސުން ގޯސްވާނެތީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

121

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމްކުރުމަށް ބީލަމަށް ލައިފި

TTH_advertisement ELL Mobile Advertisement