ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުފާދިނަސް އެޑްވައިޒަރެއްގެ ގޮތުގައި ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުން: މައުރޫފް

121

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވިޔަސް އެޑްވައިޒަރެއްގެ ގޮތުގައި ހުޅުމާލެއަށް ހިދުމަތްކުރަން ބޭނުންވާ ކަމަށް މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މައުރޫފް ވިދާޅުވީ އެޗްޑީސީއާ ހަވާލުވީ ވެސް އެހާ ގިނަ ދުވަހު މަގާމުގައި ހުންނެވުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މަގާމާ ހަވާލުވީ ކުރުމުއްދަތެއްގައި ނަމަވެސް ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންވާލެއް ބޮޑުކަމުން ސަރުކާރުގެ ހުށަހެޅުން ގަބޫލުކޮށް މަގާމާ ހަވާލުވީ ކަމަށެވެ.

“މި މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް. މި ސްކޭލް އޮފް އޮޕަރޭޝަން އެކަނި ވެސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް. މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ޕްރެޝަރެއް ވެސް. މި މަގާމާ އެކީގައި އަންނަ އެއްޗެއް އެއީ،” މައުރޫފް ވިދާޅުވިއެވެ.

މަގާމުން ވަކިވިޔަސް އޭނާގެ ހުރި ތަޖުރިބާގެ އަލީގައި ހުޅުމާލެ އަށާއި ގައުމުގެ ތަރައްގީއަށް ޚިދުމަތް ކުރަން ބޭނުންވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

“އެހެންމާ އެއްކޮށް ދޫކޮށްފައި ދަނީކީއެއް ނޫން. ހުޅުމާލެއަށް ވެސް ހަމަ ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ. އެޗްޑީސީއަށް ވެސް ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ. އަދި ރާއްޖޭގެ އެހެން ދާއިރާތަކުގެ ޑިވެލޮޕްމަންޓް އޭރިއާތަކުގައި ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ އަޅުގަނޑުގެ ޓެކްނިކަލް ޕްރޮފެޝަނަލް ދާއިރާއިން ވެސް،” އޭނާ ވިދާޅުވިއެވެ.

މައުރޫފަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހުޅުމާލޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

hulhumale 3rd phase

ހުޅުމާލޭ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއަށް