ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ރިޓަޔާކުރައްވަނީ

121

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

މައުރޫފް ޖަމީލް ވަނީ އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގަވާފައެވެ. މައުރޫފަކީ އެޗްޑީސީ އުފެދުނުއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެ ކުންފުނީގެ އެމްޑީ ކަމަށް އޭނާ އަލުން އައްޔަންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މައުރޫފް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ރިޓަޔާ ކުރައްވަނީ ލުއިކޮށް މަސައްކަތް ކުރެވޭނެ އެހެން މަގާމަކަށް ވަޑައިގަތުމަށް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މައުރޫފް ޖަމީލް ވަނީ ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޕްލޭންތައް ހެދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ކަމާއި އެޗްޑީއެފްސީގެ އިސް މަގާމްތަކެއް ވެސް އޭނާ އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

hulhumale 3rd phase

ހުޅުމާލޭ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއަށް