ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔާޔާ ނަބީލް އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި

121

މީސް މީޑިއާގައި އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު މަންޒަރުތައް އާއްމުކުރާ މިހެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް މި ހުކުމް ކޮށްފައި ވަނީ އޭނާ އާއި ދ. ކުޅުދުއްފުށި، ބިޗާނާ، އާދަމް މުހައްމަދު، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31، 2017 ވަނަ ދުވަހު އެ މީހުން ތިބި  މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކުއްޔަށްދޭ ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ފެނުމުންނެވެ.

ފުލުހުން އެ ކޮޓަރިއަށް ގޮސް ދޮރުގައި ޓަކި ޖެހުމުން ވެސް ނުހުޅުވުމުން ގަދަކަމުން ދޮރު ހުޅުވައިގެން ވަދެ ބެލި އިރު މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި ޔާޔާ ނަބީލްގެ ގެ ކަމަށްވާ ގ. ކަމަރާ ގެއިން ވެސް ޑްރަގް ވަނީ ފެނިފައެވެ.

ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ޔާޔާ ނަބީލާއި އާދަމް މުހައްމަދު އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ.

މި މައްސަލައި މި ދެމީހުން އެ ކޮޓަރިން ހައްޔަރުކޮށް ފާސްކުރި އިރު 20.7422 ގްރާމް ކެނަބިސް ވަނީ ފެނިފައެވެ. އަދި މަސްތުވާތަކެތި ކިރުމަށް ބެނުންކުރާ ދެ ކައްޓާވެސް ވަނީ ފެނިފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ޔާޔާ ނަބީލް ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރީގެ ޝެލްފުގައި ޑްރަގް ހުރި ކަމަށް އެއްބަސްވެފައެވެ.

ފުލުހުން އޭނާގެ ގެއަށްގޮސް ބެލި ބެލުމުން 231.3015 ގްރާމްގެ ކެނަބިސްވަނީ ދަޅެއްގެ ތެރެއިން ލިބިފައެވެ. އޭގެއިތުރަށްވެސް ވަކިން އެހެން 2 ދަޅަކުންވެސް ވަނީ 25 ގްރާމާއި 85 ގްރާމްގެ ކެނަބިސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި