ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭ މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 ފަރާތަކަށް 3.9 މިލިއަން ރުފިޔާ

121

މި އަހަރުގެ މޭ މަހު 116 މީހެއްގެ ބޭސްފަރުވާއަށް އެހީގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން މިއަދު އާންމުކުރި މޭ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް މިދިޔަ މަހު 3،903،704.36ރ. ވަނީ ހޭދަކޮށްފައެވެ. އަދި މޭ މަހު އެހީގެ ގޮތުގައި ހަމަޖެހިފައިވާ ފައިސާގެ ޖުމުލަ އަދަދަކީ 1،456،703.07ރ. އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. މިގޮތުން މިކަމަށް 619،264.57ރ. ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ހިތުގެ ބަލިތަކަށް 72،088.50ރ. އާއި ޓްރާންސްޕްލާންޓް ހެދުމަށް 50،886ރ. އާއި ސިކުނޑީގެ ބަލިތަކަށް 55،126.50ރ. އާއި ފުއްޕާމޭގެ ބަލިތަކަށް 16،962ރ. އާއި ކިޑްނީގެ ބަލިތަކަށް 21،835.50ރ. ވަނީ މޭ 2025 ގައި ދޫކޮށްފައެވެ. އަދި އެހެނިހެން ބަލިތަކަށް ފަރުވާ ކުރުމަށް ދޫކޮށްފައިވަނީ 620،540ރ. އެވެ.

ޒަކާތު ހައުސް އިން ބުނީ މޭ މަހު ކުރެވިފައިވާ ޚަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައްވެސް ހިމެނިފައިވާނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ މޭ މަހު ޟަރޫރީ އެހީއަށް 12،000ރ. ހަމަޖެހިފައިވާއިރު، ޟަރޫރީ އެހީއަށް 12،000ރ. ދޫކޮށްފައިވެސް ވެއެވެ. މިއީ ޚާއްޞަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން ދެވޭ އެހީއެވެ.

މިދިޔަ މޭ މަހު ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން 277،357.82ރ. ޚަރަދުކޮށްފައިވެއެވެ.

އަދި، ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 660،455.56ރ. ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕުރޮގުރާމުތައް ހިންގުމަށް މިދިޔަ މޭ މަހު 251،096.62ރ. ޚަރަދުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ