ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލައިފި

121

ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ހުއްޓިފައިވާ ކޭ ޕާކް ފްލެޓްތައް މަކަރާއީ ހީލަތުން މީހުންނަށް ވިއްކައި ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހު ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހު ބަންދުން ދޫކޮށްލަން އަމުކުރީ ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ ކޯޓަށް އެއްބާރުލުން ނުދޭނަމަ އަލުން ބަންދުކުރާނެ ކަމަށެވެ. އޭނާ މިހާތަނަށް ބަންދުކޮށްފައި ބެހެއްޓީ ހުޅުމާލެ ޖަލުގައެވެ.

ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ އުފުލާފައެވެ.

މަންޑޭ ވަނީ ކޯޓަށް ހާޒިރުނުވާން ވެގެން ބަހަނާތަކެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ޑޮކްޓަރުގެ ލިޔުންތަކެއް މީގެކުރިން ކޯޓަށް ހުށަހަޅާފައެވެ. އެކަމަކު އޭނާ ބޭރުގައި އުޅޭ ކަމުގެ މަައުލޫމާތު ބައެއް ފަރާތްތަކުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޑޮކްޓަރުގެ ލިޔުންތަކަށް ބަލާއިރު، ކޯޓަށް ހާޒިރުނުވެވޭ ފަދަ ސިއްހީ ކަމެއް އޭނާއަށް ދިމާވެފައިނުވާކަން އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި