ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ބައިނަލްއަގްވާމީ ފްލައިޓް އުދުހުންތަކަށް އީރާނުން ހުޅުވާލި ވައިގެ ބައެއް ސަރަހައްދުތަށް އަލުން ބަންދުކޮށްފިއެވެ.
ބައިނަލްއަގްވާމީ ފްލައިޓް ދަތުރުތަކަށް އަލުން ބަންދުކުރީ އީރާނުގެ މެދުތެރޭ ވައިގެ ސަރަހައްދާއި، އީރާނުގެ ހުޅަނގުގެ ވައިގެ ސަރަހައްދެވެ.

މި ސަރަހައްދުތައް އަލުން ބަންދުކުރީ، ވައިގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އަލުން މުރާޖައާ ކުރިއިރު، ކަންބޮޑުވާ ކަންތައްތަކެއް ފާހަގަ ކުރެވިގެން ކަމަށް އީރާނު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ފަހުން، އީރާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބައިނަލްއަގްވާމީ ފްލައިޓްތަކަށް ހުޅުވާލީ އީރާނުގެ ބައެއް ވައިގެ ސަރަހައްދުތަކެވެ.
ވެރިރަށް ތެހެރާނުގެ މައި އެއަރޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ނަމަވެސް، ފަހުން ވައިގެ ސަރަހައްދު ހުޅުވާލި މެދުތެރެއާއި ހުޅަނގު ސަރަހައްދު އަލުން ބަންދުކުރީ ނުރައްކަލެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބިގެން ކަމަށް ވެއެވެ. ނަމަވެސް، އެއީ ކޮން ބާވަތެއްގެ ނުރައްކަލެއް ކަމެއް އެއްވެސް ފަރާތަކުން ނުބުނެއެވެ.
އީރާނު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ، ސަލާމަތީ ކަންބޮޑުވުމަކާ ގުޅިގެން ކަމަށެވެ.

އިސްރާއީލާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ފަހުން، އީރާނުގެ ސަލާމަތީ ބާރުތަކުން ގެންދަނީ މުޅި އިރާނުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެއީ، އީރާނުގެ ފަސްގަނޑުގައި އެކި ނަންމުގައި ތިބެ، އީރާނާ ދެކޮޅަށް ހަމަލާދިނުމާއި، އިސްރާއީލަށް ޖާސޫސްކޮށްދޭ މީހުން ހޯދުމުގެ އޮޕަރޭޝަނެވެ.

ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ތެރޭގައި ތިބެގެންވެސް ބަޔަކު ޑްރޯންތައް ފޮނުވައި އީރާނުގެ ތަންތަނަށް ހަމަލާ ދީފައި ވެއެވެ. މިއީ، އިސްރާއީލުން ޚަރަދުކޮށްގެން އީރާނަށް ފޮނުވާއި ތިބި ޖާސޫސުންނެވެ.

ނުވިތާކަށް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޕްރޮގްރާމްގެ މަސައްކަތް އަލުން ފަށަން އުޅޭ ޚަބަރާއެކު، އީރާނަށް އަލުން ހަމަލާދޭން ޖެހިއްޖެނަމަ އެކަން ކުރާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައި ވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް މިހާރު ގެންދަނީ، އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސްގެ ގެރެންޓީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement