ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށި ސިޓީއާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ޚިދުމަތް ފަށަން ސަރުކާރުން ތައްޔާރު ވެއްޖެ

121

ކުޅުދުއްފުށި ސިޓީއާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ޚިދުމަތް ފަށަން ސަރުކާރުން ތައްޔާރު ވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އާސަންދަ އާއި އެންސްޕާގެ ވެރިން ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ އެ ދެ ރަށުގައި ޓެލެ މެޑިސިން ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ ބަލި މީހުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

ޒޭބާ ވިދާޅުވީ ޓެލެ މެޑިސިންގެ ހިދުމަތް ފެށުމުން އެ އުނދަގޫތައް ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ބަލި މީހުން ގިނަ ދުވަސް ވަންދެން މާލޭގައި މަޑުކުރަން ނުޖެހި ޓެލެމެޑިސިންގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެ ކަމަށް ޒޭބާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެލެ މެޑިސިންގެ ސިސްޓަމް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުން، އެކަމުގެ ޓެސްޓު ބުރުތަކެއް މި ހަފުތާގައި ވަނީ ބާއްވާފައި،: ޒޭބާ ވިދާޅުވިއެވެ.

ޓެލެ މެޑިސިން ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭނެ ކަމަށާއި ހިތުގެ ވިންދުގެ އަޑު ވެސް އިވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު