ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭ އިން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

121
އެމްއެމްއޭ — ފޮޓޯ: ދަ އެޑިޝަން

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފެށި “ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް” ގެ ދަށުން 35 ސްކޮލަރޝިޕް ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްއެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ތިން ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން ފޮރ އިސްލާމިކް ފައިނޭންސުން އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ކިޔެވުމުގެ 10 ފުރުޞަތަކަށް ވަނީ ހުޅުވާލައިފައެވެ. މީގެ ތެރެއިން ފަސް ފުރުޞަތަކީ ފުލީ ފަންޑެޑް އަދި ބާކީ ފަސް ފުރުޞަތު ހުޅުވާލާފައިވަނީ ޕާޝަލީ ފަންޑެޑް އުސޫލުންނެވެ.

މީގެ އިތުރުން، ހަމަ އެ ޔުނިވަރސިޓީން މައިކްރޯ ސެޓިފިކޭޝަން ފްރޮމް އީމިފް ހާސިލުކުރުމަށް 5 ފުރުޞަތެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި، މެލޭޝިއާގެ ޔުނިވިސިޓީ އިސްލާމް ސެލަންގޯރުން ސެޓިފިކެޓު އިން ޝަރީޢާ އިކޮނޮމިކްސް ފޮރ ބޭންކިންގ އެންޑް ފައިނޭންސް ކިޔެވުމަށް 20 ސްކޮލަރޝިޕް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތާއި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އެމްއެމްއޭގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

މި ސްކޮލަރޝިޕްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 17 ވަނަ ދުވަހުގެ 11:59 އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ