ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިން ދާއިރާތަކުން ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

MMA

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމިކް ފައިނޭންސިން ދާއިރާތަކުން ކިޔަވަން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ އިސްލާމީ މާލީ ދާއިރާތަކުން ކިޔަވަން 35 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލާފައެވެ.

އެމްއެމްއޭ އިން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލީ މިދިޔަ ފެބްރުވަރީ މަހު އެ އިދާރާއިން ތައާރަފްކުރި “އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް” ގެ ދަށުންނެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

އެމްއެމްއޭ އިން ހުޅުވާލި ސްކޮލަރޝިޕް ފުރުސަތުތައް؛
އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް؛ ފުލީ ފަންޑެޑް 5 ފުރުސަތު އަދި 50 އިންސައްތައިގެ 5 ފުރުސަތު.
އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް؛ 5 ފުރުސަތު
ސެޓްފިކެޓް އިން ޝަރީޢާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް؛ 20 ފުރުސަތު
އެމްއެމްއޭއިން ހުޅުވާލި 35 ސްކޮލަރޝިޕަކީ ވެސް މެލޭޝިއާގެ ޔުނިވަރސިޓީތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

އެމްއެއޭ އިން ބުނީ ކޯހަށް ޝަރުތުހަމަވާނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ދިވެހިން ކަމަށެވެ.

ސްކޮލަރޝިޕްތަކަށް ހުށަހެޅުމުގެ ސުން ގަޑިއަކީ 2025 ޖުލައި 17 ވަނަ ދުވަހުގެ 11:59 އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ