މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރެއްވި ގޮތުގައި، ތިލަފުށީގައި ތަރައްޤީކުރަމުންދާ ހުސް ކޮންޓެއިނަރ ބަހައްޓާ ސަރަހައްދު ނުވަތަ ކޮންޓެއިނަރ ޑެޕޯގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ މެދުތެރޭގައި ނިންމާލުމަށް ވަނީ ރޭވިފައެވެ.
އެމްޕީއެލްއިން މި މަޝްރޫޢު ކުރިއަށް ގެންދަނީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަޤްޞަދުގައެވެ. މިވަގުތު ދެ ބަނދަރުގައިވެސް ހުސް ކޮންޓެއިނަރ ބެހެއްޓުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން އެމްޕީއެލްއިން ފާހަގަކުރައްވައެވެ. މި ސަބަބާ ހުރެ، މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގައި ކޮންޓެއިނަރުތައް ހުޅުމާލެއަށް ގެންދެވެމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވިއެވެ.
ތިލަފުށީގައި ތަރައްޤީކުރެވޭ ކޮންޓެއިނަރ ޑެޕޯގައި 2000 ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ ހުންނާނެ. މި މަޝްރޫޢު ކުރިއަށްދަނީ ދެ މަރުޙަލާއަކަށް ބަހާލައިގެން. ފުރަތަމަ މަރުޙަލާގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ. މި މަރުޙަލާގައި 60 މީޓަރުގެ އެތެރެ ތޮށްޓަކާއި އިތުރު 15 މީޓަރުގެ ތޮށްޓެއް ލުމުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްވެސް ހިމެނެޭ: އެމްޕީއެލް
އެމްޕީއެލްގެ ޕްރޮޖެކްޓް އިންޖިނިއަރ އަޙްމަދު ޒުހޫރު ޒަޢީމް ވިދާޅުވި ގޮތުގައި، “ފުރަތަމަ މަރުޙަލާގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު 60 މީޓަރުގެ ތޮށި ނިންމުމަށްފަހު، 15 މީޓަރުގެ ތޮށީގެ މަސައްކަތް ކުރިއަށްދަނީއެވެ. އަޅުގަނޑުމެންގެ އަންދާޒާގައި ޖުލައި މަހުގެ ނިޔަލަށް ފުރަތަމަ މަރުޙަލާ މުޅިން ނިންމާލެވޭނެއެވެ.”
ދެވަނަ މަރުޙަލާގައި ޑެޕޯއަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، ތަން ބޭނުންކުރެވޭ ޙާލަތަށް ގެނައުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އެމްޕީއެލްއިން ހާމަކުރެއްވި ގޮތުގައި މި މަސައްކަތް އޯގަސްޓް މަހުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.
އެމްޕީއެލް އިތުރަށް ހާމަކުރި ގޮތުގައި، “ދެވަނަ މަރުޙަލާގައި ހިމެނެނީ ވަށާފާރު ރޭނުމާއި، ހުސް ކޮންޓެއިނަރ ޑެޕޯ ތަރުތީބުކުރުމާއި، ބޭނުންވާ ޚިދުމަތްތަކަށް ހޮޅި އެޅުމާއި، ކަރަންޓާއި ޖެނެރޭޓަރު ޝެޑް އަދި ބައްތި
ކިޔުންތެރިންގެ ހިޔާލު