ކުއްލި ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

ވިލުފުށީ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

ޕްރޮޖެކްޓް ސޯލަރ ސިޓީ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ރަސްމީކޮށް އިޢުލާނުކުރެއްވިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/24) ގެ ދަށުން، މިފަދަ ޒޯނެއްގައި ހިންގޭނެ އިޤްތިޞާދީ ޙަރަކާތްތަކާއި، އެންމެ ދަށް މިންވަރުގެ އިންވެސްޓްމަންޓް ވަނީ ކުރިން ކަނޑައަޅުއްވާފައެވެ. މިގޮތުން، 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން މިކަން ފާހަގަކުރެވިފައިވެއެވެ.

މިއަދު، “ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ޒަމާނީ ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި، އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާ ދެމެދު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

“ޕްރޮޖެކްޓް ސޯލަރ ސިޓީ” ސްޕެޝަލް އިކޮނޮމިކް ޒޯނުގައި ހުއްދަކުރެވިފައިވާ މައިގަނޑު ޙަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

100 މެގަވޯޓްގެ ސޯލަރ ފޮޓޯވޮލްޓިކް ނިޒާމެއް ޤާއިމުކޮށް ހިންގުން.
ބައްދަލުވުންތައް، އިންސެންޓިވްތައް، ޖަލްސާތަކާއި މައުރަޒުތައް (އެމް.އައި.ސީ.އީ) ހިމެނޭގޮތަށް ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ހިންގުން.
ލޮޖިސްޓިކްސް، ގުދަންކުރުމާއި ޞިނާޢީ މަރުކަޒެއް ތަރައްޤީކޮށް ހިންގުން.
ރިއަލް އެސްޓޭޓް ތަރައްޤީކުރުން.

މި ޒޯނަށް ލިބިދެވޭ ޚާއްޞަ އިނާޔަތްތައް ޤަރާރުގައި ބަޔާންކޮށްފައިވާ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު އަންގައިދޭ ޗާޓެއްވެސް ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ކުޅުދުއްފުށި ސިޓީއާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ޚިދުމަތް ފަށަން ސަރުކާރުން ތައްޔާރު ވެއްޖެ

Y

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

121

އެމްއެމްއޭ އިން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

121

ބީއެމްއެލް އިން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ELL Mobile Advertisement TTH_advertisement