ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

bml
ބީއެމްއެލް ހެޑް އޮފީސް —

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން އިއްޔެ ނިންމި ނިންމުގައިވާ ގޮތުން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނަގާ ނަމަ، 10 ޑޮލަރުގެ ފީއެއް ނެގުމަށް ވެސް ނިންމާފައިވެއެވެ.

ބީއެމްއެލުން ބުނީ އޭޓީއެމްއިން ނަގުދު ފައިސާގެ ގޮތުގައި 125 ޑޮލަރު ނެގޭގޮތަށް ގެނައި ބަދަލަކީ ހަމައެކަނި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ އަތުން ދިހަ ޑޮލަރުގެ ފީއެއް ވެސް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ފީއަކާ ނުލައި 750 ޑޮލަރާ ހަމައަށް ފައިސާ ނަގައި ޕޭމަންޓް ހެދޭނެ ކަމަށާއި އެކަމަށް އެ ބޭންކުގެ ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

އެ 750 ޑޮލަރުގެ ލިމިޓު ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓު ކާޑު އިހުތިޔާރުކުރެވޭނެ ކަމަށާއި އެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރޭންސެކްޝަންތައް ހަދައި، އެ ގައުމެއްގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ދަރިވަރުންނަށް ކަނޑައަޅާފައިވާ 1200 ޑޮލަަރުގެ ލިމިޓަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ދަރިވަރުން އޭޓީއެމްއިން ފައިސާ ނެގުމުގެ ލިމިޓާއި ފީއަށް ވެސް ބަދަލެއް ނާންނަ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޮލަރު ލިމިޓު 1200 ޑޮލަރަށް އިތުރުކުރުމަށް، ކިޔަވާ ދަރިވަރުންނަށް އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި