ކުއްލި ޚަބަރު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެ: ބީއެމްއެލް

ވިލުފުށީ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ

ސިންގަޕޫރަކީ ދިވެހީގެ ތަރައްގީގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

އިންސާނީ އެހީ ބެހުމުގެނަމުގައި އުޅޭ ގްރޫޕް ޣައްޒާއިން ބޭރުކުރުމަށް ބައިނަލްއަގްވާމީ އެހީދޭ ބޮޑެތި ޖަމާއަތްތަކުން ގޮވާލައިފި

އިންސާނީ އެހީ ބެހުމުގެ ނަމުގައި ޣައްޒާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ގްރޫޕް ޣައްޒާއިން ބޭރުކުރުމަށް ބައިނަލްއަގްވާމީ އެހީދޭ ބޮޑެތި އެތައް ޖަމާއަތްތަކުން ގޮވާލަން ފަށައިފިއެވެ.
ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި އުޅޭ ގްރޫޕަކީ އެމެރިކާއަށް ނިސްބަތްވާ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އެވެ.

ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދގެ އޭޖެންސީތަކާއި، ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާލުމަށްފަހު އެމެރިކާއިން ގްރޫޕެއް ފޮނުވައި އެ މަސައްކަތް ޣައްޒާގައި ފެށީ އިސްރާއީލުގެ ރުހުން ލިބިގެންނެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އިން މާޗްމަހުގެ ފަހުކޮޅު އެހީ ބަހަން ފަށައި، ޣައްޒާގައި އިންސާނީ އެހީ ބެހުމަށް ކަނޑައެޅި ޣައްޒާގެ އުތުރުން ރަފަހާއި، ޣައްޒާގެ މެދުތެރޭ ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުން ނުސައިރަތު ރެފިއުޖީ ކޭމްޕް ސަރަހައްދަށް އެހީ ހޯދަންދާ މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް 600 އަށްވުރެ ގިނަ އާންމު ޝަހީދުކޮށްލާފައި ވެއެވެ.
5،000 އަށްވުރެ ގިނަ އާންމުންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައި ވެއެވެ. ޒަޚަމްކޮށްލާފައިވާ އެތައް ބައެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ޒަޔަނިސްޓު ސިފައިން ގެންދަނީ، ރޭގަނޑުގެ ކަނު އަނދިރީގައާއި، ދުވާލުގެ ގަޑިތަކުގައިވެސް، އެހީ ހޯދަން އެއްވާ މީހުންގެ ގަޔަށް ބަޑިޖަހަމުންނެވެ. އެހީ ހޯދަންދާ އެންމެންވެސް ދަނީ ހުސްއަތާ ތިބެއެވެ. ހަތިޔާރު ހިފައިގެނެއް ނޫނެވެ.
ނުވިތާކަށް، އާންމުން ކަމަށް ހެދިގެން ތިބެ ޒަޔަނިސްޓު ސިފައިން، އެހީ ހޯދަން ޖަމާވާ ފިރިހެނުން ރަހީނުކޮށްގެން ގެންދާކަމުގެ ރިޕޯޓްތައްވެސް ފެތުރެން ފަށާފައި ވެއެވެ.
އިންސާނީ އެހީ ހޯދަންދާ މީހުންގެ ގަޔަށް ބަޑިޖަހައި ކޮންމެ ދުވަހަކު އެތައްބަޔަކު ޝަހީދުކުރަމުންދާތީ، އެކަން ކުށްވެރިކުރުމާއި، ނުރުހުން ފާޅުކުރުން ދުނިޔޭގައި މިހާރު ދަނީ އާންމުވަމުންނެވެ.

ބައިނަލްއަގްވާމީ 165 އަށްވުރެ ގިނަ ހިލޭ އެހީދޭ ޖަމާއަތްތަކާއި ނޮންގަވަރަމެންޓަލް އޮގަނައިޒޭޝަނުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ގޮވާލާފައިވަނީ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އިން ހިންގާ އެހީގެ މަސައްކަތް ވަގުތުން ހުއްޓާލުމަށެވެ. އަދި އެ ގްރޫޕް ޣައްޒާއިން ބޭރުކުރުމަށެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އިން ޣައްޒާގައި ކުރާ މަސައްކަތުން ޣައްޒާގެ އާންމު ރައްޔިތުންނަށް ބަނޑުހައިހޫނުކަމާއި ބަޑިޖެހުމާ ކުރިމަތިލުން ފިޔަވައި އިތުރުކަމެއް ނުވާ ކަމަށް ބުނެފައި ވެއެވެ.
“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އަކީ، އެމެރިކާއާއި އިސްރާއީލުން އުފައްދައިގެން އުޅޭ ސިއްރުން ފުރިގެންވާ ޖަމާއަތެކެވެ. އެ ޖަމާއަތުގެ އަޑީގައި ތިބީވެސް އެމެރިކާގެ ޔަހޫދީ މަހުޖަނުންތަކެކެވެ.
އެ ގްރޫޕްގެ އިސް ވެރިޔަކަށް ހުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރި ޖޯނީ މޯރ ޖޫނިއަރ ނަމަކަށްކިޔާ މީހެކެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އަކީ، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކަށްވާތީ، އދއާއި، ބައިނަލްއަގްވާމީ އެހީ ދޭ ޖަމާއަތްތަކުން ކުރިންވެސް ވަނީ އެކަމުގެ އިންޒާރު ދީފައެވެ. އެކަން ރަނގަޅަށް ނުދާނޭ ކަމަށް ބުނެފައެވެ.

ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުގެ ބަޔާނަށް ރައްދުދީ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން” ނެރުނު ބަޔާނެއްގައި އެއްފަރާތުގައި ތިބެ “ޒުވާބުކޮށް ފުރައްސާރަ ނުކޮށް” އެހީގެ މަސައްކަތުގައި އެމީހުންނާ ބައިވެރިވުމަށް ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6278074334060858508

ރޯވި ދޯނީގެ ވެރިޔާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

405884 09ae2bf7 1

ކުދި ގައުމުތަކުގެ ކުރިއެރުމަށް އޮތް ހުރަހަކީ ދަރަނި: ނައިބު ރައީސް

121

ކެފޭއެއްގައި ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު އަތުލައިގެންފި

B 202507010347451751366865.618

ގެއެއްގެ ތިޖޫރީން ވަގަށް ނެގި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement