ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ހަނިމާދޫގައި ތަރައްޤީކުރަމުން އަންނަ ބައިނަލްއަޤްވާމީ އެއާޕޯޓުގެ މައިގަނޑު މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މަޝްރޫޢުގެ ދަށުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން 2.7 ކިލޯމީޓަރުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ފަސިންޖަރުންގެ ޓާމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ކާގޯ އިމާރާތުގެ އިތުރުން ފިއުލް ފާމް މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ކުރަމުން އަންނަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކަލްފަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ވަނަ އަހަރެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ELL Mobile Advertisement TTH_advertisement