ކުއްލި ޚަބަރު

ގެއްލިގެން ހޯދާ ބިދޭސީ މީހާ އޮތީ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭ: އެމްއެންޑީއެފް

މޯލްޑިވިއަންގެ އޭ-330 ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަން ތައްޔާރުވަނީ

ޓީމޫ އިން ވިޔަފާރިކުރަން މަހަކު ހަތް މިލިއަން ޑޮލަރު ދޫކުރަންޖެހޭ: ބީއެމްއެލް

ޓީމޫ އިން ވިޔަފާރިކުރަން މަހަކު ހަތް މިލިއަން ޑޮލަރު ދޫކުރަންޖެހޭ: ބީއެމްއެލް

Bml

ދިވެހީން ފަހަކަށް އައިސް އެންމެ ގިނައިން އޮންލައިން ވިޔަފާރިކުރާ ޗައިނާގެ ވެބްސައިޓެއް ކަމަށްވާ ޓިމޫ އިން ކުރާ ވިޔަފާރިތަކަށް އެކަނި ވެސް ކޮންމެ މަހަކު ހަތް މިލިއަން ޑޮލަރު ދޫކުރަންޖެހޭ ކަމަށް ގައުމީ ބޭންކު، ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓީމޫ އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށެވެ.

ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް އެ ބޭންކުން ބުންޏެވެ.

އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އަށް ކަމަށް ގައުމީ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ.

ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓެލް ބުކިން ހެދުމަށާއި ސަބްސްކްރިޕްޝަން ކަހަލަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމުގެ ޔަގީންކަން ގައުމީ ބޭންކުން ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Guryvgbacaau6rz

ގެއްލިގެން ހޯދާ ބިދޭސީ މީހާ އޮތީ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭ: އެމްއެންޑީއެފް

Large 174093930854dm3h

މޯލްޑިވިއަންގެ އޭ-330 ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަން ތައްޔާރުވަނީ

ރައީސްގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

bml card

ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

ELL Mobile Advertisement TTH_advertisement