ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: ރައީސް

raees muiz

ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށާއި ޤާނޫނު ހަދާ މަޖިލީހަކީ އެންމެންގެ ޝާމިލުވުން އޮތް ތަނެއްކަން ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޤާނޫނު ހަދާ މަޖިލީހުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ޤައުމީ ގޮތުންވެސް އަދި ބައިނަލްއަގުވާމީގޮތުންވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް މިންތީގެ ހަމަހަމަކަން ޤާއިމުވެފައިވާ އަދި އެންމެން ޝާމިލުވާ މާހައުލެއް ޤާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް، އެ ދައުރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެއެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން 3 މެންބަރުންނެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގައްޔާއި ކޮމިޓީތަކުގައި އެ މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަންނަނީ ފުރުސަތު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން: ރައީސް

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް