ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އީރާނުގެ ޖަލަށް އިސްރާއީލުންދިން ހަމަލާގެ ތަފްސީލް އީރާނުން ފުރަތަމަ ފަހަރަށް ހާމަކޮށްފި. 71 ގައިދީން މަރުވި

ޒަޔަނިސްޓު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ “އެވިން ޕްރިޒަން” ނަމަކަށްކިޔާ ޖަލަށްދިން ވަރުގަދަ ވައިގެ ހަމަލާގައި ލިބުނު ގެއްލުންތަކުގެ އިތުރު ތަފްސީލުތައް އީރާނުން މިއަދު ހާމަކޮށްފިއެވެ. އީރާނުން ބުނެފައިވަނީ، ޖަލަށް ދިން ހަމަލާގައި 71 ގައިދީން މަރުވެފައިވާ ކަމަށެވެ. ޖަލަށްދިން ހަމަލާގައި މަރުވި މީހުންގެ އަދަދުތައް އީރާނުން މީގެކުރިން ހާމަކޮށްފައެއް ނުވެއެވެ.
71 ގައިދީން މަރުވެ، އިތުރު އެތައްސަތޭކަ ގައިދީން ޒަޚަމްވި ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.

މަރުވި މީހުންގެ ތެރޭގައި، ގައިދީންނާއި، ޖަލު މުވައްޒަފުންނާއި، ސެކިއުރިޓީ ބަލަހައްޓާ ސިފައިންނާއި، ޖަލަށް އެވަގުތު ޒިޔާރަތް ކުރަމުންދިޔަ ގައިދީންގެ އާއިލާތަކުގެ މެމްބަރުންނާއި އަދި އާންމުންވެސް ހިމެނޭ ކަމަށް ވެއެވެ. އީރާނުގެ ޖަލުތަކާބެހޭ އޮފީހުން މިއަދުވަނީ، އިސްރާއީލުގެ ހަމަލާތަކުގައި ޖަލަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތައް އާންމުކޮށްފައެވެ.

ފޮޓޯތަކުން ފެންނަގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ޖަލުގެ ފާރުތަކާއި، ސީލިންގުތައް ވެއްޓި، ތަޅުގަނޑުތައްވެސް ވަނީ ފުނޑުފުނޑުވެފައެވެ. އިސްރާއީލުން ދިން ހަމަލާގައި ޖަލުގެ މެޑިކަލް ސެންޓަރާއި، ވެއިޓިންގ ރޫމްވެސް ހަލާކުކޮށްލާފައި ވެއެވެ.
އީރާނުގެ އެވިން ޖަލަކީ ސިޔާސީ ކުށްވެރިން ހައްޔަރުކޮށްފައި ތިބޭ ޖަލެކެވެ. އެތަނުގައި ތިބި ކުށްވެރިންގެ ތެރޭގައި ނޯބަލް ސުލައިގެ އިނާމު ލިބިފައިވާ ނަރްގިސް މުހައްމަދީވެސް ހިމެނެއެވެ.
މީގެއިތުރުން، ފަރަންސޭސި ރައްޔިތުންނާއި، ބޭރުގެ އެހެން ގައުމުތަކަށް ނިސްބަތްވާ ކުށްވެރިންވެސް އެ ޖަލުގައި ބަންދުކޮށްފައި ތިއްބެވެ.

އިސްރާއީލުން އެވިން ޖަލަށްދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި 71 ގައިދީން މަރުވި ކަމަށް ހާމަކުރި ނަމަވެސް، މަރުވި މީހުންނަކީ ކޮން ބައެއްކަމެއް އަދި އެމީހުން ނިސްބަތްވާ ގައުމުތަކެއް އީރާނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖަލަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ އިންސާނިއްޔަތުގެ ގާނޫނާއި، އަދި ޖެނީވާ ކޮންވެންޝަތަކާ ޚިލާފް ހަމަލާތަކެއް ކަމަށް ބުނެ، އެތައް ގައުމަކާއި، އިންސާނީ ހައްގުތަކުގެ އެތައް ޖަމާއަތަކުން އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.
އަދި މިއީ، ޒަޔަނިސްޓުން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement