ކުއްލި ޚަބަރު

ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

ފައިނު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވެންޓިލޭޓަރުގައި

ފުލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން، އެގޮތަށް އަމަލުތައް ނުބަހައްޓަވާ!: މިނިސްޓަރު

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރަން ނޭޕާލާ އެކު މަޝްވަރާކޮށްފި

ސިއްހީ ދާއިރާ އަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމާ ގުޅޭ ގޮތުން ނޭޕާލްއާ އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކުގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގެ ތެރެއިން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް އެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް، ޚާއްސަކޮށް ނާސިން އަދި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ޕާކިސްތާނާ އެކު ވެސް ދާދި ފަހުން ވަނީ މަޝްވަރާ ބައްދަލުވުންތަކެެއް ބާއްވައިފަ އެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރި ރަސްމީ ދަތުރުގައި ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން މިޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުން އާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން ފީލްޑް އެޕިޑެމިއޮލޮޖީ ޓްރޭނިންގ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) މޮނިޓަރިންގ، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އައިޕީސީ)، އަދި ޑިޒީޒް ސަރވޭލަންސް ސިސްޓަމް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419631 3 d07cd4e3b455907e2e9742ba60822bae5328c40f large

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި

Guryvgbacaau6rz

ކަނޑަށް ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

511984866 1280203437441341 474656240304535215 n

ފައިނު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވެންޓިލޭޓަރުގައި

Original 1740647277311

ފުލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން، އެގޮތަށް އަމަލުތައް ނުބަހައްޓަވާ!: މިނިސްޓަރު

TTH_advertisement ELL Mobile Advertisement