ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިސޯޓްތައް މަދު ހަ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ރައީސް

Raees muiz

ރާއްޖޭގައި ރިސޯޓްތައް މަދު ހަ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ މި އަހަރު މަޖިލީސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ފަދައިން ރާއްޖޭގައި ރިސޯޓްތައް މަދު ހަ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެންމެ އުތުރުގެ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގެ އިތުރުން ތ އަތޮޅާއި ދެކުނުން ލ އަދި އައްޑޫ ހިމެނޭނެހެން ފުރުސަތުތައް ހުޅުވާލަން ތައްޔާރު ވަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމްގެ ފުރުސަތުތައް ހުޅުވާލާނީ ޚާއްސަ މާކެޓިން ސްޓްރެޓެޖީއަކާ އެކު ކަމަށެވެ.

އަދި އެކަން ކުރައްވާނީ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، ޓޫރިޒަމްގެ ދާއިރާގެ އިތުރު އިޤްތިސާދީ ހަރަކާތްތައް ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އާންމު ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ކުރަމުންދާއިރު އާ އިންވެސްޓްމަންޓްތަކާ އެކި ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ އެހެން މަރުހަލާ ކުރިއެރުވުމަށް މިއީ އެންމެ އެކަށޭނަ ވަގުތު ކަމަށެވެ.

“މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކުރާނެ,” ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން: ރައީސް

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް