ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީޢަތް ފަސްކުރަން އިސްރާއީލުގެ އެޓަނީ ޖެނެރަލް ދެކޮޅު ހަދައިފި

Img 20250627 wa0138

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ޝަރީއަތް ފަސްކުރަން ނަތަންޔާހޫ އެދުނު އެދުމަށް އިސްރާއީލުގެ އެޓަނީ ޖެނެރަލް ދެކޮޅު ހަދައިފިއެވެ.

ގާނޫނީ ވަކީލު މެދުވެރިކޮށް، ޝަރީއަތުގެ އަޑުއެހުންތައް ފަސްކޮށްދޭން ނަތަންޔާހޫ އެދުނީ އިއްޔެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ “ސަލާމަތީ ސަބަބުތަކަށްޓަކައި” ކަމަށެވެ. އެއީ، އިސްރާއީލުގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލާ ކުރިމަތިލުމުގައި އޭނާ އަވަދިނެތި އުޅޭންޖެހުން ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އިސްރާއީލުގެ ނޫސްތަކުން މިއަދު ބުނެފައިވަނީ، ނަތަންޔާހޫ އެދުނު އެދުމަށް ޝަރީއަތް ފަސްކުރަން އިސްރާއީލުގެ އެޓަނީ ޖެނެރަލް ވަނީ ދެކޮޅު ހަދާފައެވެ.

އެޓަނީ ޖެނެރަލް ބުނެފައިވަނީ، އަޑުއެހުންތައް ފަސްކޮށްދޭން ނަތަންޔާހޫގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ، ދެ ހަފްތާއަށް ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލްކުރަން އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. އެހެންކަމުން، އަޑުއެހުންތައް ފަސް ނުކުރެވޭނޭ ކަމަށް ބުނެފައި ވެއެވެ.

ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަނާއި، ޚިޔާނާތުގެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ މިފެށޭ ހަފްތާގެ ހޯމަދުވަހުއެވެ.

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ދައުވާ އުފުލާފައިވަނީ ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ކެނޑުމުގެ ދައުވާއެވެ. ނަތަންޔާހޫ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ފަށަން އިސްރާއީލުން ތައްޔާރުވަމުން ދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަދުވަހު އޭނާގެ އަމިއްލަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖެއްގައި ނަތަންޔާހޫގެ މައްޗަށް ހިންގާ ޝަރީއަތް ކެންސަލް ކުރުމަށް ގޮވާލާފައި ވެއެވެ. ނުވަތަ އޭނާއަށް މައާފްދިނުމަށް ގޮވާލާފައި ވެއެވެ.

ޑޮނަލްޑް ޓްރަމްޕް ބުނީ، ނަތަންޔާހޫގެ މައްޗަށް ހިންގަން އުޅޭ ޝަރީޢަތަކީ ސިޔާސީ ބޭނުމެއްގައި ހިންގާ ޝަރީއަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

24 ގަޑިއިރުގެ ތެރޭގައި އީރާނަށް ހަމަލާދޭން ފަށާނެ؟ ސަރަހައްދު “ބޮމެއްފަދައިން” ގޮވަން ތައްޔާރުވެފައި

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

TTH_advertisement