ކުއްލި ޚަބަރު

އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލަނީ

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ބައިނަލްއަގްވާމީ ސުވިމިންޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަޒީރު ބައްލަވާލައްވައިފި

3

ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ގާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ސުވިމިން ޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ބައްލަވާލައްވައިފިއެވެ.

މިއަހަރުގެ އޭޕްރިލް 10 ވަނަ ދުވަހު ބިންގާ އެޅުނު މި ސުވިމިން ޕޫލަކީ ހުޅުމާލޭ ސުވިމިން ކޮންޕްލެކްސްގައި އިމާރާތްކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޫލެކެވެ. މި ޕޫލުގެ ބިންގާ އެޅުއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސުވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އިތުރުން ޗަމްޕާ ހުސައިން ޢަފީފު އަދި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ މެޑެލް ހޯދައިދިން އާމިނަތު ސަޖަންއެވެ.

މަސައްކަތް ހިނގަމުންދާގޮތް ބެއްލެވުމަށްފަހު ވަޒީރު ރާފިޢު ވިދާޅުވެފައިވަނީ ބިންގާ އެޅުނު ދުވަހުން ފެށިގެން މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، ކަނޑައެޅުނު ތާރީޚަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޮތް އުއްމީދު ވަޒީރު ފާޅުކުރެއްވިއެވެ.

“ބިންގާ އެޅި ދުވަހުން ފެށިގެން، ސުވިމިން ޕޫލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދޭ. މިހާރު މި ޕްލެޓްފޯމަކީ ސުވިމިން ޕޫލުގެ ބޭސް އަންނާނެ ތަން،” ވަޒީރު ވިދާޅުވިއެވެ.

ހަތަރު ބުރިއަށް އިމާރާތްކުރެވޭ މި ކޮމްޕްލެކްސްގައި 50 މީޓަރާއި 25 މީޓަރުގެ ދެ ޕޫލު ހިމެނޭނެއެވެ. މި ޕޫލަކީ އެއްފަހަރާ 1500 މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވޭ، އެންމެ ޒަމާނީ ވަސީލަތްތަކާއި ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭ ބިނާއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ކުންފުނިންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް ސުވިމިން އެސޯސިއޭޝަނަށް ހަދިޔާކުރައްވާފައިވާ މި ބިނާގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލަނީ

418723 b379c123 d

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

އެލަވަންސަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ސްކޮލަރޝިޕްދެނީ

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

ELL Mobile Advertisement TTH_advertisement